

.jpg?w=3840&q=75)





ފަންނާއި ތަރިކައިގެ ދާއިރާއިން ޗައިނާއިން ވެދެވިދާނެ އެހީތަކާ ގުޅޭގޮތުން ވަޒީރު މަޝްވަރާކުރައްވައިފި
ފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ޗައިނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ މަޝްރޫއުތަކާއި ގުޅޭގޮތުން ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު މަޝްވަރާކުރައްވައިފި އެވެ.
ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ބުނީ މި މަޝްވަރާތައް ބާއްވާފައިވަނީ ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ވުޒާރާއިން ބުނީ މި ދަތުރުފުޅުގައި ވަޒީރު ހީނާ ޗައިނާގެ ޝްންގްހައި ޔުނިވާސިޓީ އާއި ހުވާން އިންޖިނިއަރިންގް ސޭފްޓީ ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑް އަދި ޗައިނާ ފައުންޑޭޝަން އޮފް ކަލްޗަރަލް ހެރިޓޭޖް ކޮންޒަވޭޝަންގެ އިސްވެރިންނާއި ބައްދަލުކުރައްވައި އެހީތެރިކަން ފޯރުކޮށްދެވިދާނެ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ސަގާފީ ތަރިކައިގެ ދާއިރާއިން މީހުން ބިނާކުރުމާއި އެ ދާއިރާއިން ލިބެންހުރި ތައުލީމީ ފުރުސަތުތަކާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް ވުޒާރާއިން ހާމަކުރެ އެވެ.
ވުޒާރާއިން ބުނީ މި މަޝްވަރާ ބައްދަލުވުންތައް މި މަހުގެ 22 ވަނަ ދުވަހު ޗައިނާގެ ޝަންގްހައި ޔުނިވާސިޓީގައި ބާއްވާފައިވާއިރު، މި ބައްދަލުވުމުގައި ޝަންގްހައި ޔުނިވަރސިޓީގެ ވައިސް ޕްރެޒިޑެންޓް، ސްކޫލް އޮފް ކަލްޗަރ ހެރިޓޭޖް އެންޑް އިންފޮރމޭޝަން މެނޭޖްމަންޓްގެ ޑީން އަދި ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ވައިސް ޑިރެކްޓަރ ބައިވެރިވެވަޑައިގަންނަވާފައިވާކަމަށެވެ. އަދި ހޮންގްޖޯ ހުވާން އިންޖިނިއަރިންގް ސޭފްޓީ ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑް އާއި ޗައިނާ ފައުންޑޭޝަން އޮފް ކަލްޗަރަލް ހެރިޓޭޖް ކޮންޒަރވޭޝަންއަށް ވަޑައިގެން މިދެތަނުގެ އިސްވެރިންނާއިވެސް ވަޒީރު ބައްދަލުކުރައްވާފައިވެ އެވެ.
މި މަހުގެ 23 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާކަންކަމަށް އަލިއަޅުއްވާލައިފައިވަނީ ދާއިރާގެ އާ ޓެކްނޮލޮޖީ އާއި އާއީޖާދުތަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމާއިފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ޗައިނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ މަޝްރޫޢުތަކާއި ގުޅޭގޮތުން ކަމަށް ވުޒާރާއިން ބުންޏެވެ. އަދި މި ބައްދަލުވުމުގައި ހޮންގްޖޯ ހުވާން އިންޖިނިއަރިންގް ސޭފްޓީ ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑްގެ ފަރާތުނ ކުންފުނީގެ ޗެއާރމަން، ޖެނެރަލް މެނޭޖަރ، ޗީފް ފައިނޭންޝަލް އޮފިސަރ، ޑެޕިއުޓީ ޗީފް އިންޖިނިއަރ، ފައުންޑޭޝަން އޮފް ކަލްޗަރަލް ހެރިޓޭޖް ކޮންޒަރވޭޝަންއިން ބައިވެރިވެޑައިގެންނެެވީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް، އަދި އެ މުއައްސަސާގެ ޑިރެކްޓަރުކަމަށްވެސް ވުޒާރާއިން ފާހަގަކުރި އެވެ.
ވަޒީރު ހީނާ ވަލީދުގެ މިދަތުރުފުޅުގައި މި މަހުގެ 23 ވަނަ ދުވަހު މިއުޒިއަމް އޮފް ނެޝަނަލް ހިސްޓްރީއަށް ވަޒީރު ހީނާ ވަލީދު ޒިޔާރަތްކުރައްވާ އެތަނުގެ އެކި ބައިބައި ބައްލަވާލެއްވި އެވެ. މީގެ ތެރޭގައި ބިމުގެ ޢިލްމާއި ކަނޑުގެ ދިރުންތަކާ ބެހޭ މަޢުރަޒާއި، ތާރީޚީ ކުރީގެ އާސާރު ކަލެކްޝަންތަކުގެ އިތުރުން، ކަނޑުމަގުން ކުރާ ވިޔަފާރީގެ ތާރީޚާ ގުޅޭ ތަރިކަ ދައްކުވައިދޭ މިއުޒިއަމްގެ އެކި ބައިތައް ވެސް ބައްލަވާލެއްވި އެވެ.
މި ދަތުރުފުޅުގައި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒް ބައިވެރިވެވަޑައިގެންނެވި އެވެ.


.jpg?w=3840&q=75)




