
.jpg?w=3840&q=75)

-1790261966339.jpeg?w=3840&q=75)




-1790261966339.jpeg?w=3840&q=75)
ރާއްޖެއާއި ކްރޮއޭޝިއާއި ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝާންސް ފަހުމުނާމާ އެއްގައި ސޮއިކޮށްފި
ދިވެހިރާއްޖެއާއި ކްރޮއޭޝިއާއި ދެމެދު "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ.) އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި ނިއުޔޯކްގައި ސޮއިކޮށްފި އެވެ.
ހާރިޖީ ވުޒާރާއިން ބުނީ މި އެއްބަސްވުމުގައި ސޮއިކުރީ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައިލެވެލް ހަފުތާގެ ހަވާސާގައި ކަމަށެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ސޮއިކުރެއްވިއިރު، ކްރޮއޭޝިއާގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެން ޔޫރަޕިއަން އެފެއާޒް އެފެއާޒް، ހިޒް އެކްސަލެންސީ ގަރލިޗް ރަޑްމެން އެވެ.
ހާރިޖީ ވުޒާރާއިން ބުނީ މި ފަހުމުނާމާގައި ސޮއި ކުރެވިފައި ވަނީ ދެ ވަޒީރުންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމަކަށްފަހުގައި ކަމަށެވެ.
-1790261980658.webp?w=32&q=75)
މީގެއިތުރުން ހާރިޖީ ވުޒާރާއިން ބުނީ މި ފަހުމުނާމާގައި ސޮއިކުރެވުމާއެކު ދިވެހިރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ދެ ޤައުމަށް ލާބަޔާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި، ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެކަމާއި، މި އެއްބަސްވުމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ކަމަށްވެސް ހާރިޖީ ވުޒާރާއިން ބުންޏެވެ.

.jpg?w=3840&q=75)

-1790261966339.jpeg?w=3840&q=75)

-1790261966339.jpeg?w=3840&q=75)


