



.jpg?w=3840&q=75)



.jpg?w=3840&q=75)
ރައީސް ޔާމީންގެ ވެރިކަން ނިމިގެންދިޔައީ ބޮޑާކަމާއި، ކިބުރުވެރިކަމުގެ ސަބަބުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުނީ، އަދުލު އިންސާފު ގާއިމުނުކުރުމާއި، ދައުލަތުގެ ބައިތުލްމާލަށް ހިޔާނާތްތެރިވުމާއި، އަނބިކަނބަލުންގެ ދަށުވުމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ޔާމީންގެ ޕޯޑިއަމްތަކުގައި މިހާރު ތިއްބެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ވަޒީރު މަލީހް ޖަމާލަށް އިޝާރާތްކުރައްވާ ވެސް އަބްދުއްރަހީމް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން އެ ބޭފުޅުންނަކީ އެއްގޮތެއްގައި ދެމިތިބެވޭނެ އަދި އިހުލާސްތެރިކަމެއް ހުރި ބައެއް ނޫން ކަމަށް ވިދާޅުވިއެވެ.
ޑރ. ޖަމީލް ނައިބު ރައީސް ކަމުން ވަކިކުރަން އެމްޑީޕީގެ މުޒާހަރާތަކުގައި ބައިވެރިވި ކަމުގެ ހެކި ހިއްޕަވައިގެން ވަޑައިގެންނެވީ ހުދު ރައީސް ޔާމީން ކަން އަދުރޭ ހަނދާންކޮށްދެއްވިއެވެ. އަދި މި ސަރުކާރުން ރައްޔިތުން ބޭނުންވާ ކަންކަން ނުކުރެވޭ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ހަގީގަތުގައި ނުވެގެން އުޅެނީ ރައްޔިތުން ބޭނުންވާ ކަންކަން ނޫން ކަމަށެވެ.
ނުވެގެެން އެ އުޅެނީ ރައީސް ޔާމީން އަމިއްލަފުޅަށް ބޭނުންވާ ކަންކަން ކަމަށާއި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ޕީއެންސީގައި ތިބި 3،022 މެންބަރުންގެ އަދަދު މިއަދު 77،000 އަށް އަރާފައިވަނީ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރައްވާތީ ކަމަށް ވެސް ވިދާޅުވިއެވެ.




.jpg?w=3840&q=75)

.jpg?w=3840&q=75)
