
....
ހޭންޑްބޯޅަ މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ ފުރަތަމަ ބީޗް ހޭންޑްބޯޅަ ބޭސިކް ރެފްރީސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
02 އޮކްޓޯބަރު 2026 އިން 11 އޮކްޓޯބަރު 2026 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށްދާ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މިހިގާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހޭންޑްބޯޅަ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް ސްޕޯޓްސް އެންޑް ފިޓްނަސް އަދި މޯލްޑިވްސް ނެޝަނަލް އިސްޓިޓިއުޓް އޮފް ސްޕޯޓްސް ގުޅިގެން ކުރިއަށް ގެންދާ މިކޯހަކީ މިވަގުތު ރާއްޖޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ، ބީޗު ހޭންޑްބޯޅަ ކުރިއަރުވައި އިތުރަށް ތަރައްގީކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދެވޭ ކޯހެކެވެ.
މިވަގުތު މާލެ އާއި އަތޮޅު ތެރޭގައި ވެސް ބީޗް ހޭންޑްބޯޅައިގެ ފޯރި އިތުރުވެ، ގިނަ މުބާރާތްތަކެއް ދަނީ ބާއްވަމުންނެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް ތަމްރީނު ލިބިފައިވާ ރެފްރީން ނެތުމުގެ މައްސަލައަކީ މިވަގުތު މިކުޅިވަރަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ނަމަވެސް މިކޯހުގެ ސަބަބުން ބީޗް ހޭންޑްބޯޅަ މުބާރާތްތައް ބޭއްވުމުގައި މިހާރު ދިމާވަމުންދާ ރެފްރީ ލިބުމުގައި ދިމާވާ ދަތިތަކަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ.








.jpg?w=3840&q=75)




.jpg?w=3840&q=75)


