

.jpg?w=3840&q=75)





.jpg?w=3840&q=75)
މޫސުން ގޯސް ދުވަހެއް،--- ފައިލް ފޮޓޯ/ އެމްއެންޑީއެފް
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބުތަކަށް މޫސުން ގޯސްވާނެކަމަށާއި ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ރަށްރަށަށް ބޯކޮށްވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މި ވަގުތުތަކުގައި އުތުރުގެ އަތޮޅުތަކާއި މެދުރާއްޖެތެރޭގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ލަފާކޮށް ބުނާ ގޮތުގައި މާދަމާ މެންދުރުފަހުން ފެށިގެން ވައި މަޑުވެ، ކަނޑުތައްވެސް މަޑުވާނެއެވެ.
އެހެންކަމުން، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.


.jpg?w=3840&q=75)

