



.jpg?w=3840&q=75)




ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް ހަމަލާދީ، މާރާމާރީ ހިންގުމަށްފަހު އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެދު މާރާމާރީ ހިންގައި، އޭނާގެ އަތުން ފައިސާ ފޭރިގެންފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 06:04 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވި ބިދޭސީ އަންހެން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލާއި، އޭނާގެ އަތުން ފޭރިގެންފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.




.jpg?w=3840&q=75)