
24،000 ރުޕީސްގެ ރީތި ސާޅީއަކާއި އަގުބޮޑު 'ލޭޑީ ޑިއޯ' ދަބަހަކާއެކު މްރުނާލް ތާކޫރް އެއާޕޯޓުން.
ބޮލީވުޑް އަދި ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ މުރުނާލް ތާކޫރް ގެ އެންމެ ފަހުގެ އެއާޕޯޓް ލުކްއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
މުރުނާލް އެއާޕޯޓުން ފެނިގެންދިޔައީ ވަރަށް ހިތްގައިމު އަދި ރީތި ސާޅީއެއްގައެވެ.
ރިޕޯޓުތައް ބުނާގޮތުން އޭނާ ލައިގެން ހުރި ސާޅީގެ އަގު 24،000 އިންޑިއަން ރުޕީސް އަށް އަރައެވެ.
އާންމުކޮށް ތަރިން އެއާޕޯޓުން ފެންނައިރު ހުޅަނގުގެ ކެޝުއަލް ސްޓައިލްތަކަށް އިސްކަންދިން ނަމަވެސް، މުރުނާލްގެ މި ޓްރެޑިޝަނަލް ލުކް ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ. އޭނާގެ މި ލުކުން އާދައިގެ ރީތިކަމާއި ފުރިހަމަކަން ވަރަށް ރަނގަޅަށް ފެނިގެންދިޔައެވެ.
މި ހިތްގައިމު ސާޅީގެ އިތުރުން، މުރުނާލްގެ ލުކް ފުރިހަމަކޮށްދިނީ އޭނާ އަތުގައި އޮތް އަގުބޮޑު 'ލޭޑީ ޑިއޯ' ގެ އަތްދަބަހުންނެވެ. މި ލަގްޒަރީ ދަބަހަކީ ފެޝަންގެ ދުނިޔޭގައި ވަރަށް މަގުބޫލު އަދި ގިނަ ބައެއްގެ މެދުގައި މަޝްހޫރު އުފެއްދުމެކެވެ.
މުރުނާލްގެ މި ލުކާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާގެ ފެޝަން ސެންސަށާއި، ސާދާކަމާއެކުވެސް ގެނެސްދިން ޝާހީ ގޮތްގަނޑަށް ތައުރީފުކުރަމުންނެވެ.








.jpg?w=3840&q=75)






