







އުމުރުން 42 އަހަރުގައި އިމްރާން ޚާންގެ ފިޓްނަސް ފޯކަސް ހުރީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްވުރެ ބޮޑަށް، ދުޅަހެޔޮ ސިއްހަތެއްގައި ދިގު މުއްދަތަކަށް ދެމިހުރުމަށް.
ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރ އިމްރާން ޚާން އޭނާގެ އުމުރުން 42 އަހަރުވުމާއި އެކު ފިޓްނަސް ރޫޓީންއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުނެފިއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އިމްރާން ޚާން ބުނެފައިވަނީ މިހާރު ފިޓްނަސްއަށް ދޭ އަހައްމިއްޔަތު ބިނާވެފައިވަނީ ހަމައެކަނި ބޭރުފުށުގެ ރީތިކަމާއި ވަރުގަދަ ހަށިގަނޑެއް ބިނާކުރުމުގެ މައްޗަކަށް ނޫންކަމަށެވެ. އޭގެ ބަދަލުގައި އޭނާ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ދިގު މުއްދަތަކަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށެވެ.
އުމުރުން 20 ގެ އަހަރުތަކާއި 30 ގެ ކުރީކޮޅު، އިމްރާންގެ ފިޓްނަސް ރޫޓީންގައި ވަރުގަދަ މަސްތަކެއް ހުރި ހަށިގަނޑެއް ހޯދުމަށް ގިނަ ކަސްރަތުތަކެއް ކުރިއެވެ. އެހެންނަމަވެސް މިހާރު އޭނާގެ ވިސްނުން ވަނީ މުޅިން ބަދަލުވެފައެވެ.
އިމްރާން މިހާރު ގަބޫލުކުރާ ގޮތުގައި، އުމުރުން ދުވަސްވަމުން އަންނައިރު އެންމެ މުހިންމީ ހަށިގަނޑުގެ ހަރަކާތްތެރިކަން ދެމެހެއްޓުމާއި، ހަށިގަނޑަށް ފައިދާހުރި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމެވެ.
މި ބަދަލާއެކު އޭނާގެ ފޯކަސް މިހާރު ހުރީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްވުރެ ބޮޑަށް، އެތެރެހަށީގެ ސިއްހަތު ރަނގަޅުކޮށް، ނަފްސާނީ ގޮތުން ހަމަޖެހޭ ދިރިއުޅުމެއް އުޅުމަށެވެ.
މިއީ އުމުރުން ދުވަސްވަމުންދާ ވަރަކަށް ގިނަ ބަޔަކު ނަމޫނާއަކަށް ބަލަންޖެހޭ ފަދަ ރަނގަޅު ބަދަލެއްކަމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާހަގަކުރަމުންނެވެ.








.jpg?w=3840&q=75)