

.jpg?w=3840&q=75)




-
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ވިޔަފާރި އަދި އިޖުތިމާޢީ އެކި ހަރަކާތްތަކަށް މިހާރު ބޭނުންކުރަމުން އަންނަ ރުއްގަނޑު 2 ސަރަހައްދުގައި އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމަށް ޚާއްޞަކޮށްގެން ޒަމާނީ ފެންވަރުގެ ބޯލިންގ އެރީނާއަކާއި ގޭމިންގ އާކޭޑެއް ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ އެކި ޢުމުރުފުރައިގެ ރައްޔިތުންނާއި، އެ އަވަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ޤާއިމުވެފައިވާ ހިތްފަސޭހަ މަންޒިލަކަށް ހުޅުމާލެ ހެދުމެވެ.
މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ މުހިންމު ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ:
މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދުގެ ޤުދުރަތީ ތިމާވެއްޓާއި، ގޮނޑުދޮށާއި، އެތަނުގައި މިހާރު ހުރި ގަސްގަހާގެއްސަށް އެއްވެސް ގެއްލުމެއް ނުވަތަ ނޭދެވޭ އަސަރެއް ނުކުރާނެހެން ވަރަށް ބޮޑަށް ވިސްނައިގެން ޑިޒައިންކޮށްގެން ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.
ރުއްގަނޑު 2 ސަރަހައްދަށް ގެނެވޭ މި ބޮޑު ބަދަލާއެކު، ހުޅުމާލޭގެ ރަށްވެހިންނަށާއި، އާއިލާތަކަށާއި، ޒުވާނުންގެ އިތުރުން ރާއްޖެއިން ބޭރުގެ ފަތުރުވެރިންނަށާއި އެކި ރަށްރަށުން ޒިޔާރަތްކުރާ ފަރާތްތަކަށް ކުޅިވަރާއި މުނިފޫހިފިލުވުމުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލެވޭނެ ރައްކާތެރި މާހައުލެއް ލިބި، އިޖުތިމާޢީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެއެވެ.
ހުޅުމާލެއަކީ އެތަނުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށާއި، އެކި ބޭނުންތަކުގައި އެތަނަށް އަންނަ ފަރާތްތަކަށް ހިތްފަސޭހަ އަދި އަމާން ވެއްޓަކަށް ހެދުމަށް އެޗްޑީސީން އަބަދުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.


.jpg?w=3840&q=75)


.jpeg?w=3840&q=75)

