




.jpg?w=3840&q=75)



-
މާލޭގެ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ފިރިހެނުންނާއި އަންހެނަކަށެވެ.
ދެ ސައިކަލު ޖެހި ހިނގި މި ހާދިސާގައި އަނިޔާވި ތިން މީހުންނަށްވެސް ވަނީ އެކިވަރުގެ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ.
އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތަކުގެ އިތުރު ތަފްޞީލެއް އަދި ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.
މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައިނުވާއިރު ފުލުހުން މިހާރު ދަނީ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.








