
.jpeg?w=3840&q=75)




.jpg?w=3840&q=75)
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިލޭ ގުޅޭނެ ހާއްސަ ހޮޓްލައިނެއް ޔޫތު މިނިސްޓްރީން ތައާރަފުކޮށްފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ ކަމަށްވާ "1456" މި ހޮޓްލައިންގެ މައިގަނޑު ބޭނުމަކީ ކޮންމެ ޒުވާނަކަށް ވެސް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކައުންސިލިންގއާއި ނަފްސާނީ ސިއްހަތުގެ އެހީތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން 1456 މެދުވެރިކޮށް ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް ބޭނުންވާ ކައުންސިލިންގ، ނަފްސާނީ ކުއްލި އެހީތެރިކަމާއި ސިއްހީ ސްކްރީނިން ޚިދުމަތްތައް ލިބޭނެކަަމަށް ބުނެއެވެ. އަދި ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަން ވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ބުނެއެވެ.
ޔޫތް މިނިސްޓްރީން ބުނީ މި ޚިދުމަތްތައް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އާ ދެމެދު 1456 ނަމްބަރަށް ގުޅައިގެން ލިބޭނެ ކަމަށެވެ.
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހެލްޕްލައިނެއް ގާއިމްކުރިއިރު ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން "1677" މެދުވެރިކޮށް ވެސް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.