
ގެއްލިގެން ހޯދަމުންދިޔަ މީހާ
މާލެ އިން ގެއްލިގެން ހޯދަމުންދިޔަ މީހާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ އާދަމް އިކްރާމް މިއަދު މެނދުރު ހާއިރު ފެނިފައިވާކަމާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
މި މަހުގެ 11 ވަނަ ދުވަހުގެ ދަންވަރުން ފެށިގެން އާއިލާއަށް އެއްވެސް ޚަބަރެއް ވެފައި ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ނޮވެންބަރު 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ.
ފުލުހުން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާފަ އެވެ.












