.jpg?w=3840&q=75)





ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ޒައާމަތަކަށް ދިވެހި ރައްޔިތުން 'އާއެކޭ' ނުބުނާނެ ކަމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ސިޔާސީ ކުށްވެރިން ދޫކޮށްލުމަށާއި ކޯޓުތަކަށް ނުފޫޒު ނުފޯރުވުމަށް މިހާރުގެ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ލަފާދެއްވި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރުކުރެއްވި ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ މި ތިން އަހަރާ އަޅައިކިޔުއްވާ ފަލާހު ވަނީ މިހާރު އެއްވެސް ސިޔާސީ ބޭފުޅަކު ޖަލުގައި ނެތް ކަމަށާއި، ކޯޓުތަކަށް އަމުރުކޮށްގެން ނުފޫޒު ފޯރުވުމުގެ ޢަމަލުތައް ވެސް މިހާރުނުހިންގާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރީގެ ވެރިކަމުގެ ހާލަތު ސިފަކުރައްވާ ފަލާހު ވިދާޅުވީ އެއީ "ޕެނަޑޯލް ހަތަރު ފަސް ގުޅަ ކައިވެސް ނުގުޑާ" ވަރުގެ ބޮލުގެ ރިހުމެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި 70 ނުވަތަ 80 އަހަރުވެފައިވާ ކުރީގެ ވެރިންވެސް އޭރު ޖަލުގައި ތިއްބެވިކަމަށާއި އެފަދަ ޒައާމަތަކަށް ދިވެހި ރައްޔިތުން އިންތިޒާރު ނުކުރާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކުރީގައި ވެރިކަން ކުރެއްވި ބޭފުޅުން ގޭގައި މަޑުކުރެއްވުން މާ ރަނގަޅުވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
.jpg?w=3840&q=75)




%20(2).jpg?w=3840&q=75)