.jpg?w=3840&q=75)






.jpg?w=3840&q=75)
ހާއްސަ އޮޕަރޭޝަނެއްގައި 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގަނެފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ގޮތުގައި މިއީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.
މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2026 ސެޕްޓެންބަރު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި މި ފައިސާ އަތުލައިގަނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ހުއްޓުވި ބަންގްލަދޭޝްގެ 6 މީހެއްގެ އަތުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެމީހުންގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެ ފައިސާގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓަރލިންގ ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނޭ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރާ ކަމަށާއި މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ބުނެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށް ވެސް ވަނީ ބުނެފައެވެ.
.jpg?w=3840&q=75)



