

.jpg?w=3840&q=75)






އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢު ހިތްވަރު ދެއްވައިފިއެވެ.
މިނިސްޓަރ ވަނީ ހުރިހާ ކުދިންވެސް ނަމާދުން ހިތްވަރު ލިބިގަނެ ރަނގަޅު ނަތީޖާއެއް ދެއްވުން އެދި މާތްﷲއަށް ގިނަ ގިނައިން ދުޢާކުރުމަށް ނަސޭހަތްތެރިވެލައްވާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް 10 ނިންމާ ދަރިވަރުންގެ އޯލެވެލް އިމްތިޙާނު މިމަހުގެ 20 އިން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށެވެ. އަދި އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި ޖުމްލަ 8111 ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވާނެކަމަށް ވެސް ބުނެއެވެ.
މީގެއިތުރުން މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3222 ދަރިވަރުން އަދި ރަށްރަށުގެ 242 ސެންޓަރުގައި 2869 ދަރިވަރުން އިމްތިޙާނު ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އާދިއްތަ ދުވަހު އެންމެ ފުރަތަމަ ދަރިވަރުން ހެދުމަށް ހަމަޖެހިފައިވަނީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި ޕޭޕަރ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ސަރުކާރުންވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. އެއީ އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިޙާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ހަމަޖެއްސުމެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއެވެ.އަހަރުގެ މެދުތެރެއިން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ގެނެސްފައިވާ ބަދަލު އިސްލާޙުކޮށް ސަރުކާރުންވަނީ މިހާރު ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ކިޔެވުން ފަށާ އެއަހަރުގެ ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ދިމާވާގޮތަށް މިއަހަރުން ފެށިގެން ދިރާސީ އަހަރުގެ ކަލަންޑަރު ބަދަލުކޮށްފައެވެ.


.jpg?w=3840&q=75)





