


.jpg?w=3840&q=75)




ގައުމުގައި އަސާސީ ކާބޯތަކެތި ގަންނަން ފައިސާ އެބަހުރިކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ އިންޑިއާއިން ނެގި ޓީ-ބިލަށް 150 މިލިއަން ޑޮލަރު ދައްކާފައިވާއިރު، ގައުމުގައި އަސާސީ ކާބޯތަކެތި ގަންނަން ފައިސާ ނެތްކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކައަށް ރައްދު ދެއްވަމުންނެވެ.
މިނިސްޓަރ އެކަމަށް ރައްދު ދެއްވައި އެކްސްގައި ރޭ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ސަރުކާރުން މި ފަހުން ދެއްކި 50 މިލިއަން ޑޮލަރުގެ ލޯނާއެކު، މިހާތަނަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މުޅި ޖުމްލަ 1.34 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައިދީ ގައުމުގެ އިގުތިސޯދު ވެއްޓިފައި އޮތް ނުރައްކާތެރި އަނދަވަޅުން ވަނީ ސަލާމަތްކޮށްދީފައި ކަމަށެވެ. އަދި ގައުމަށް ދެރަގޮތްވާން އެދޭ ބަޔަކު އުޅޭ ކަމަށާއި އެ ފަރާތްތަކުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ކާޑުގެ ބާވަތްތަކާއި ގޭހާއި ތެލާއި އަސާސީ ބާވަތްތަކުގެ މުދަލެއް ނުގަނެވޭނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި މާކެޓުގެ އިތުބާރު ގެއްލުވާލުމަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލާ ބައެއް ފަރާތްތަކުން މަސައްކަތްކުރާއިރު، އެކަމުގެ ގެއްލުން ހުރިހާ ރައްޔިތުންނަށްވެސް ކުރާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ދުރުވިސްނުންފުޅާއެކު އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއެކު އިގުތިސޯދީ ހާލަތު ރަނގަޅުވެ ޑޮލަރުގެ މައްސަލަވެސް ހައްލުވާނެ ކަމަށެވެ.



.jpg?w=3840&q=75)


.jpeg?w=3840&q=75)
