


.jpg?w=3840&q=75)




"މަގޭ ބިޓުގެ ވެޑިންގް" ގެ އެންމެ ފަހު ޝޯވ މި ސެޕްޓެމްބަރ މަހުގެ 23 ވަަނަ ދުވަހު ބޭއްވުމަށް ނިންމާ، ޓިކެޓު ބުކިންގްސް އަށް ހުޅުވާލައިފިއެވެ.
ޑާކް ރެއިން އެންޓަރޓެއިންމެންޓުން ބުނީ އެ ފިލްމުގެ ފަހު ޝޯވ 23 ސެޕްޓެމްބަރ 23 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި އޮލިމްޕަސް ސިނަމާގައި އޮންނާނެ ކަމަށެވެ. އަދި ޓިކެޓު ބުކިންގްސް އަށް ހުޅުވާލާފައިވާ ކަމަށެވެ.
މިއީ މާލޭގެ ތިއޭޓަރުގައި މި ފިލްމު ބެލުމަށް ލިބޭނެ އެންމެ ފަހު ފުރުޞަތު ކަމަށްވާއިރު، މިހާތަނަށް މި ހެއްވާ، މަޖާ ފިލްމު ނުބަލާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެކެވެ. އަދި ދެވަނަ ފަހަރަށް ބަލައިލުމަށް ވެސް ލިބޭ ފުރުސަތެކެވެ.
އެންމެ ފަހު ޝޯވގެ ޓިކެޓް ބުކިންގ އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9911229 މި ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖު ކުރުމުން ލިބޭނެއެވެ.



.jpg?w=3840&q=75)