





.jpeg?w=3840&q=75)

%20(2).jpg?w=3840&q=75)
-
ވެރިކަން ކުރައްވާފައިވާ ބޭފުޅަކު ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުވުމަށް ރައްޔިތުންނަށް ގޮވާލެއްވުމަކީ ވަރަށް ބޮޑު ކުށަކަށް ދަޢުވަތު ދިނުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މެންބަރު ފަލާޙް މިފަދައިން ވިދާޅުވީ، ރިސޯޓް އިންޑަސްޓްރީއާ މަޝްވަރާކުރުމެއް ނެތި ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ސަރުކާރުން ބަދަލުކުރި ކުރުމާ ރިސޯޓުތަކުން ދެކޮޅު ހަދަންޖެހޭނެ ކަމަށް ވިދާޅުވެ، ފުވައްމުލަކުގައި ބޭއްވި ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަލާޙް ވިދާޅުވީ، މިފަދަ ޢަމަލުތަކުން ހާމަވަނީ ރައީސް ޔާމީނުގެ ހިތްޕުޅުގައި ވެރިކަމަށް އޮތް ދަހިވެތިކަމާއި، ހަސަދަވެރިކަމުގެ އިތުރުން އަމިއްލަ އެދުން އިސްކުރައްވާ މިންވަރު ކަމަށެވެ.
އަދި ފަހަކަށްއައިސް އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކުރައްވަމުން، ޔާމީން ދައްކަވާ ވާހަކަފުޅުތަކާއި އަމަލުފުޅުތަކާ ދިމާނުވާ ކަމަށް ފަލާޙް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޔާމީން ދައުލަތުން ނަންގަވާފައިވާ އެތައް މިލިއަން ޑޮލަރެއް އަނބުރާ ދައުލަތަށް ހޯދިއްޖެނަމަ، މިހާރުން މިހާރަށްވެސް ރާއްޖޭގެ ޑޮލަރުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ޤާނޫނުގެ ދަށުން މީގެކުރިން ރިސޯޓުތަކުން ކޮންމެ ތިން މަހަކުން އާމްދަނީގެ 20 އިންސައްތަ ނުވަތަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އިޚްތިޔާރު ދީފައި އޮތް ނަމަވެސް، ބޮލަކަށް 500 ޑޮލަރު މާރުކުރާ ބައި އުވާލައި، އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ޤާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.





%20(2).jpg?w=3840&q=75)


.jpg?w=3840&q=75)