


%20(1).jpeg?w=3840&q=75)

.jpeg?w=3840&q=75)


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޮންގްރެސް ނުވަތަ މަތީ މަޖިލިސް ނިމިގެންދާއިރު، ޕާޓީގެ މެމްބަރުންގެ އަދަދު 80،000 އަށްވުރެ މަތިވެގެންދާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ފަލާހު މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ފެށުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ޕާޓީއަށް 1 ލައްކަ މެމްބަރުން ހަމަކުރުންކަމަށެވެ. އަދި ސިޔާސީ ޕާޓީތައް އުފެދިފައި ވަނީ މި ގައުމަށް ކުރިއެރުމާއި ލާބައާ މަންފާ ހޯދައިދިނުމުގެ މަތިވެރި މަގުސަދުގައިކަން ފާހަގަކުރައްވާފައި ވެއެވެ.
މީގެއިތުރުން ޕީއެންސީ މިހާ ހިސާބަށް ގެނައުމަށް ރައީސް ޑރ. މުއިއްޒު ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި ޕީއެންސީ ޕާޓީގެ މަސައްކަތްތައް ކުރިއަށްދާނީ އަބަދުވެސް ހަމަޖެހުން، ތަރައްގީ އަދި ރައްކާތެރިކުރުމުގެ ސިޔާސަތުގެ މަތިން ގައުމު އިސްކޮށްގެން ކަމަށެވެ.
ޕީއެންސީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގިނަ އިސްލާހުތަކަކާއެކު އެކުލަވައިލި އާ އަސާސީ ގަވާއިދު، އިއްޔެ ހެނދުނު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ ދަންފަޅީގައި ވަނީ ފާސްކޮށް އެންޑޯސްކޮށްފައެވެ. ޕާޓީ އުފެދުނީއްސުރެ މިހާތަނަށް އަސާސީ ގަވާއިދަށް ގެނެސްފައިވާ ހުރިހާ ބަދަލުތަކުގެ ތަފުސީލު މަންދޫބުންނާ ހިއްސާކުރުމަށްފަހު، މި ގަވާއިދު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 1،064 މަންދޫބުންގެ އިއްތިފާގުންނެވެ.
އިއްޔެ ހެނދުނުން ފެށިގެން ޕީއެންސީ ކޮންގްރެސްގެ އެކި ހަރަކާތްތައް ފަށާފައިވާއިރު، މާދަމާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި 1،300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.



%20(1).jpeg?w=3840&q=75)



