


%20(1).jpeg?w=3840&q=75)




%20(1).jpeg?w=3840&q=75)
ދިވެހި ފުލުހުންގެ ހިދުމަތް
ވެރިރަށް މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި ގަލޮޅު، ހުވަފެނީގޯޅީގައި މާރާމާރީ ހިންގީ ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ.
އެ މާރާމާރީގައި ޒަހަމުވީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި އެ މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފަވާ ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭނާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އިމަޖެންސީގައި ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ނުދެއްވައެވެ.
މި މާރާމާރީގެ މައްސަލަ ދުވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގުކުރަމުންނެވެ.



%20(1).jpeg?w=3840&q=75)
