.jpg?w=3840&q=75)





%20(1).jpeg?w=3840&q=75)
.jpg?w=3840&q=75)
ހުޅުމާލެ ފަހުކޮޅު އެކްސިޑެންޓުގައި އަނިޔާވި 62 އަހަރުގެ މީހާ ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ އެ އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށްނެވެ.
އުމުރުން 62 އަހަރުގެ ޅ. ކުރެންދޫ، މުހައްމަދު އަފީފު، އެކްސިޑެންޓު ވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ދުނބުރިގަސްމަގުގައި ކާރަކާއި އެމީހާ ދުއްވި ސައިކަލް ޖެހިގެންނެވެ. އެކްސިޑެންޓުވި އިރު އެމީހާ އާއި އެކު ސައިކަލުގެ ފަހަތުގައި އިނީ 24 އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ ފިރިހެން ދަރިފުޅެވެ. އޭނާ އަށް ފަރުވާ ދިނުމަށް ފަހި ވަނީ ދޫކޮށްލާފައެވެ.
އަފީފުގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
.jpg?w=3840&q=75)



