%20(2).jpeg?w=1920&q=75)
ޕްރިންސް ހެރީގެ އާއިލާ
އިނގިރޭސި ޝާހީ އާއިލާއާ ދުރަށް ދިޔަތާ 6 އަހަރު ފަހުން، ޕްރިންސް ހެރީ އާއި އޭނާގެ އަންހެނުން މޭގަން މާކަލް އެމީހުންގެ ދެ ދަރިންނާއެކު އަނބުރާ އިނގިރޭސިވިލާތަށް ބަދަލުވާން އުޅޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 7 އަހަރުގެ ޕްރިންސް އާޗީ އާއި 5 އަހަރުގެ ޕްރިންސެސް ލިލިބެޓް އަންނަ ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުގެ ސްކޫލަކަށް ވައްދަން ވެސް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި އާއިލާ ވަރަށް އަވަހަށް ޔޫކޭއަށް ދިގު މުއްދަތަކަށް ބަދަލުވާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް ޝާހީ ގަނޑުވަރެއްގައި އުޅުމުގެ ބަދަލުގައި ދިރިއުޅޭނީ އަމިއްލަ ގެއެއްގައެވެ.
މި ބަދަލާއެކުވެސް، އެމެރިކާގެ ކެލިފޯނިއާގައި ހުންނަ އެމީހުންގެ ގެއާއި ޕޯޗުގަލްގައި ހުންނަ ގެ އެމީހުންގެ މިލްކެއްގެ ގޮތުގައި ބަހައްޓާނެއެވެ.
މި ޚަބަރު ކިންގް ޗާލްސްއަށް ލިބިވަޑައިގަތުމުން، ކާފަދަރިންނާއެކު ވަގުތު ހޭދަކުރަން ފުރުސަތު ލިބޭނެތީ އެކަމާ ވަރަށް ބޮޑަށް އުފާކުރެއްވި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
2020 ވަނަ އަހަރު ޝާހީ ޒިންމާތަކުން ދުރުވެ އެމެރިކާއަށް ބަދަލުވި ފަހުން، މިއީ އެ އާއިލާ އިނގިރޭސިވިލާތުގައި ދިރިއުޅެން ނިންމި ފުރަތަމަ ފަހަރެވެ.










%20(1).jpeg?w=3840&q=75)

