.jpg?w=3840&q=75)
.jpeg?w=3840&q=75)







ސްޓެލްކޯ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ - ސްޓެލްކޯގެ އެޗް.އާރް ޑިޕާޓްމަންޓްގެ ހެޑް ސަސްޕެންޑްކޮށްފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ސްޓެލްކޯގެ އެޗް.އާރް ޑިޕާޓްމަންޓަށް ގުޅިކަމަށް ބުނެ ދެކެވުނު ވާހަކަތަކާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށް ބުނެފައެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުންޏަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ޤައުމީ ޒިންމާ އުފުލަމުންދާ އެއް މުއައްސަސާ ކަމަށެވެ.
އެ ކުންފުނީގެ މުޅި ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަދި މައިގަނޑު ފޯކަސްއަކީ ވެސް، 24 ގަޑިއިރު މެދުކެނޑުމެއްނެތި، އިތުބާރާއި ޔަޤީންކަމާއެކު ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުންކަން ފާހަގަކޮށް، ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އަގުހުރި ވަގުތާއި ވަސީލަތްތައް އަބަދުވެސް ހޭދަކުރެވެމުންދާނީ ޤައުމީ އަދި އިޖުތިމާޢީ ވާޖިބުތައް އަދާކުރުމުގައި ކަމަށެވެ.
އެހެންކަމުން، ސްޓެލްކޯއިން ބުނި ގޮތުގައި، މީޑިއާގައި ދެކެވުނު ފޯނު ކޯލާ ގުޅިގެން މިކަން ހިނގާފައިވާ ގޮތް ތަޙުޤީޤުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކުރެވިފައެވެ.
އަދި މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ޤަވާޢިދުގެ ދަށުން އަޅަންޖެހޭ އިސްލާޙީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ. އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ފެންވަރު ރަނގަޅު ޚިދުމަތެއް އަބަދުމެ ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށްވެސް ބުނެފައިވެއެވެ.
.jpg?w=3840&q=75)
.jpeg?w=3840&q=75)






