.jpeg?w=3840&q=75)


.jpeg?w=3840&q=75)
.jpg?w=3840&q=75)



މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ކުރިއަށްގެންދިޔަ "50 ވަނަ އިންޓަރނޭޝަނަލް ސީނިއަރ ޕޮލިސް އޮފިސަރސް ކޮމާންޑް ކޯސް (50 ވަނަ އައި.އެސް.ޕީ.އޯ.ސީ.ސީ)" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންފިއެވެ.
ރޯޔަލް މެލޭޝިއާ ޕޮލިސް ކޮލެޖުން އިންތިޒާމުކޮށްގެން 2026 އޮގަސްޓް 24 އިން ސެޕްޓެމްބަރު 11 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކޯހުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ގައުމުތަކުގެ މެދުގައި ބައިނަލްއަގުވާމީ ގުޅުން ބަދަހިކޮށް، ޕްރޮފެޝަނަލް ނެޓްވޯކްތައް ގާއިމުކުރުމާއި، އިސް އޮފިސަރުންގެ ލީޑަރޝިޕް ހުނަރުތައް އިތުރަށް ތަރައްގީކުރުމުގެ ބޭނުމުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މީގެއިތުރުން، ބައިނަލްއަގުވާމީ ގޮތުން ފުލުހުންގެ ހިދުމަތަށް ކުރިމަތިވަމުން އަންނަ ޒަމާނީ ގޮންޖެހުންތަކާއި ސަލާމަތީ މައްސަލަތައް ފުޅާ ދާއިރާއެއްގައި ދެނެގަނެ، އެކަންކަމަށް އަހުލުވެރިވުމަކީވެސް މި ކޯހުގެ މުހިންމު އެއް ބޭނުމެވެ.
.jpeg?w=3840&q=75)


.jpeg?w=3840&q=75)


.jpeg?w=3840&q=75)
.jpeg?w=3840&q=75)