
ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިވާން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއީ މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯނި ކާށިދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް، ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލައި، ދިޔަވާ ކަމުގެ މައުލޫމާތު މިއަދު 09:57 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައި ކަމަށާއި ދޯނި ސަލާމަތްކުރުމަށްޓަކައި ދޯނީގައި ހުރި ބައެއް މުދާ ވަނީ ކަނޑަށް ދޫކޮށްލާފައި ކަމަށް ވެސް ބުނެއެވެ.
ފުލުހުން ބުނީ ދޯނީގައި ތިބީ 4 މީހުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެއް ކަމަށެވެ. މި ހާދިސާގައި ދޯންޏަށް ދިޔަވެފައިވާތީ، ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމުގައި ވެސް ފުލުހުން ބުނެއެވެ.
.jpeg?w=3840&q=75)


.jpeg?w=3840&q=75)
.jpeg?w=3840&q=75)


.jpeg?w=3840&q=75)
.jpg?w=3840&q=75)




.jpeg?w=3840&q=75)
.jpeg?w=3840&q=75)