

.jpg?w=3840&q=75)
.jpg?w=3840&q=75)





ޔަމާލް އަދި ރަފީނިއާ ލެވަންޓޭ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ..
ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ލެވާންޓޭ އާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންސިއާ އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު ލެވާންޓޭ އެންމެ ފަހުން ކުޅުނު މެޗުގައި މަލާގާ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފަ އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ހާފުގައި ލެވަންޓޭ އިން ދެލަނޑު ކާމިޔާބުކުރި ބާސެލޯނާ އިން ވެސް ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ދެލަނޑު ކާމިޔާބުކުރިއިރު، ޒުވާން ޑިފެންޑަރު ޒަވީގެ އެސްޕާޓް އަދި ކަރީމް އަޑެއިމީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފަ އެވެ.
މީގެ އިތުރުން މިމެޗުގައި ލެވާންޓޭގެ އިވާން ރޮމޭރޯ އަދި ރޮޖަރ ބްރޫގް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ބާސެލޯނަ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ލެވަންޓޭ އިން ލީގުގައި ކުޅުނު ފަސް މެޗުން ހޯދި ފަސް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.


.jpg?w=3840&q=75)
.jpg?w=3840&q=75)




