
ބްރިޖު ހައިވޭގައި މިރޭވެސް އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ސިނަމާލެ ބުރިޖު، މާލެއިން ހުޅުމާލެއަށް ދަރުރުކުރާ ފަޅީގަައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުނީ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ރޭ 19:01 އެހައިކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް އެމީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމުގައި ވަނީ ހާމަކޮށްފައެވެ.
.jpg?w=3840&q=75)
.jpg?w=3840&q=75)



.jpg?w=3840&q=75)
.jpg?w=3840&q=75)





