
މ. މާކަރީ، އަހްމަދު މަނިކު (ޖާދޫ އަޙްމަދު މަނިކު) އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ތައުޒިޔާ ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މަރުހޫމް އަޙްމަދު މަނިކު، ސިފައިންގޭގައި ގިނަ ދުވަހު ހިދުމަތްކުރައްވައިފައިވާކަމާއި ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ހާސިލުކުރައްވައިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
އަޙްމަދު މަނިކު (ޖާދޫ އަޙްމަދު މަނިކު) އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށް ނުހަނު އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށާއި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމު ލަހައްޓަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައި ވެއެވެ.
.jpg?w=3840&q=75)
.jpg?w=3840&q=75)



.jpg?w=3840&q=75)
.jpg?w=3840&q=75)









