

.jpg?w=3840&q=75)
.jpg?w=3840&q=75)




.jpg?w=3840&q=75)
އަމިއްލަ އާއިލާގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރުގެ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލަ ސާބިތުވެ، ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ހުސައިން ޝިރުވާން ނަމަކަށް ކިޔާ މީހެކެވެ.
ޝިރުވާންގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެއީ މީހަކު އޭނާގެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ މި ކުށުގެ ސަބަބުން ކަނޑައެޅޭ އަދަބެއްގެ ގޮތުން ޤާނޫނުގައިވާ ގޮތުގެ މަތީން 20 އަހަރުގެ މުއްދަތަކަށް އޭނާ ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ. މި މައްސަލައަކީ ކުޑަކުއްޖެއްގެ ހައްގުތަކާއި މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ، މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.


.jpg?w=3840&q=75)
.jpg?w=3840&q=75)
