
.png?w=3840&q=75)


.jpeg?w=3840&q=75)




"އާޝާ ބޯސްލޭގެ އުފަންދުވަހާ ގުޅިގެން އޭއާރް ރަޙްމާން ނެރުނު ޚާއްޞަ ޓްރިބިއުޓް ލަވަ "އާޝާ ފޯއެވަރ
އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަޙްމާން، ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ އުފަންދުވަހާ ގުޅިގެން އޭނާއަށް ޚާއްޞަ ޓްރިބިއުޓް ލަވައެއް ނެރެފިއެވެ.
"އާޝާ ފޯއެވަރ" ގެ ނަމުގައި ނެރުނު މި ލަވައަކީ، އިންޑިއާގެ މިއުޒިކީ ދާއިރާއަށް އާޝާ ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރަޙްމާން ދިން ވަރަށް ޚާއްޞަ ހަދިޔާއެކެވެ.
ދިގު މުއްދަތެއް ވަންދެން އެތައް ހާސް ލަވައެއް ކިޔައިދީފައިވާ އާޝާއަކީ މުޅި އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ. މިއީ އެއް ލެޖެންޑް އަނެއް ލެޖެންޑަށް ދިން ވަރަށް ފުރިހަމަ ޓްރިބިއުޓެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
"އާޝާ ފޯއެވަރ" ލަވައަށް ސޯޝަލް މީޑިއާގައި ފޭނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިއީ އާޝާގެ އުފަންދުވަސް އިތުރަށް ފުރިހަމަކޮށްދިން ކަމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.
އޭއާރް ރަޙްމާންގެ މި ޚާއްޞަ ޕްރޮޖެކްޓުން، އާޝާ ބޯސްލޭގެ ހަނދާންތައް އަބަދަށްޓަކައި ދިރިހުންނާނެކަން ޔަޤީންވެގެންދެއެވެ.

.png?w=3840&q=75)


.jpeg?w=3840&q=75)