








ދަ ރޯޔަލްސް" ސީޒަން 2 ގެ ރޯލަށް ހަށިގަނޑު ތައްޔާރުކުރުމުގެ ގޮތުން އިޝާން ޖިމްގައި ވަރުގަދަ ކަސްރަތުތަކެއް ކުރަނީ"
ބޮލީވުޑްގެ ޒުވާން އަދި ހުނަރުވެރި އެކްޓަރު އިޝާން ޚައްތަރް، އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓް ކަމަށްވާ "ދަ ރޯޔަލްސް" ގެ ދެވަނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ވަރުގަދަ ފިޓްނަސް ޓްރެއިނިންގްތަކެއް ފަށައިފިއެވެ.
ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ އިޝާން އަންނަނީ އޭނާގެ މި ބުރަ މަސައްކަތްތައް ސޯޝަލް މީޑިއާގައި ފޭނުންނާ ހިއްސާކުރަމުންނެވެ.
މި ސީރީޒްގައި އޭނާ ކުޅޭ ރޯލަށް ބޭނުންވާ ގޮތަށް ހަށިގަނޑު ބައްޓަން ކުރުމަށްޓަކައި، އިޝާން ދަނީ ޖިމްގައި ގިނަ ވަގުތުތަކެއް ހޭދަކޮށް، އުނދަގޫ ކަސްރަތުތަކެއް ކުރަމުންނެވެ.
އޭނާ އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަރު އުފުލުމާއި، ސްޓްރެންތް ޓްރެއިނިންގ ގެ އިތުރުން ފްލެކްސިބިލިޓީއަށް ވެސް އޭނާ ވަރަށް ބޮޑަށް ސަމާލުކަންދެއެވެ. މިއީ އެކްޓަރެއްގެ ގޮތުން އޭނާގެ ކެރެކްޓަރަށް ދޭ އަހައްމިއްޔަތުކަމާއި، މަސައްކަތަށް ހުރި ޝައުޤުވެރިކަން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމެކެވެ.
"ދަ ރޯޔަލްސް" ގެ ފުރަތަމަ ސީޒަނަށްވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އިޝާންގެ މި އައު ލުކް އާއި އޭނާގެ މަސައްކަތްތައް ފެނި، ދެވަނަ ސީޒަނަށް ފޭނުން ކުރާ އިންތިޒާރު މިހާރު ވަނީ އިތުރަށް ބޮޑުވެފައެވެ.
އަދި އިޝާންގެ މި ފިޓްނަސް ޓްރާންސްފޯމޭޝަން ފެނި ގިނަ ބަޔަކު އަންނަނީ އޭނާއަށް ތަޢުރީފުކުރަމުންނެވެ.




