
ޔަމީ ގޯތަމް "ނައީ ނަވޭލީ" ގެ ޓީޒާގައި
ބަތަލާ ޔަމީ ގޯތަމްގެ އެންމެ ފަހުގެ ޕްރޮޖެކްޓް ކަމަށްވާ "ނައީ ނަވޭލީ" ގެ ޓީޒާ އާންމުކޮށްފިއެވެ.
މި އާ ޓީޒާއާއެކު ފޭނުންގެ މެދުގައި ވަނީ ފިލްމާމެދު ވަރަށް ބޮޑު ޝައުޤުވެރިކަމެއް އުފެދިފައެވެ. އަދި މިއީ ޔަމީގެ ކެރިއަރުގައި އިތުރު ކާމިޔާބީއެއް ހޯދާނެ ފިލްމަކަށް ވާނެކަމަށް ބެލެވެއެވެ. މި ފިލްމުގައި ޔަމީ ފެނިގެންދާނީ މުޅިން ތަފާތު އަދި ވަރުގަދަ ރޯލަކުންނެވެ.
"ނައީ ނަވޭލީ" ގެ ޓީޒާއިން ފިލްމުގެ ވާހަކައިގެ ކުޑަ މިންވަރެއް ދައްކާލާފައިވާއިރު، މިއީ ބެލުންތެރިންނަށް ކަމުދާނެ ފަދަ މޮޅު އުފެއްދުމަކަށް ވާނެކަމުގެ އުންމީދު ވަނީ އާވެފައެވެ.
ޔަމީ ގޯތަމް އަކީ އަބަދުވެސް ތަފާތު ސްކްރިޕްޓްތައް ޚިޔާރުކުރާ، އަދި ބެލުންތެރިންގެ ލޯބި ހޯދާފައިވާ ހުނަރުވެރި ތަރިއަކަށް ވުމުން، މި ފިލްމަށްވެސް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ލަފާކުރެވެއެވެ.
މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ އޮކްޓޯބަރ 16 ގައިއެވެ.

.png?w=3840&q=75)


.jpeg?w=3840&q=75)

.png?w=3840&q=75)


.jpeg?w=3840&q=75)


