



.jpg?w=3840&q=75)
.jpeg?w=3840&q=75)
.jpg?w=3840&q=75)


ފުވައްމުލަކު އިރުން 10 މޭލު ބޭރުގައި ވަދު ކަނދުފަތި އަޅައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ވަދު ކަނދުފަތި ނަންބަރަކީ Q10V01-02 ކަމަށެވެ. އަދި މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 00°16.100’S، 36.000 73°’E ކަމަށެވެ.
މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެ ކަމަށާއި މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވެސް ބުނެއެވެ.
ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކަނދުފަތިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް މަސައްކަތް ކުރެވެމުންދާނެއެވެ.
ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކުރުމަށްޓަކައި، ކަނދުފަތި ތައްޔާރުކުރާ އިތުރު ސެންޓަރުތަކެއް ދިވެހިރާއްޖޭގެ ދެ ސަރަޙައްދެއްގައި ގާއިމުކުރުމަށް ވަނީ ކަނޑައަޅައިފައެވެ.




.jpg?w=3840&q=75)


