
.jpg?w=3840&q=75)
.jpeg?w=3840&q=75)
.jpg?w=3840&q=75)



.jpg?w=3840&q=75)
ފޮޓޯ: ކުޅިވަރު ވުޒާރާ
އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ފަރާތުން ދިދަ އުފުލާލުމުގެ ޝަރަފު ޓޭބަލް ޓެނިސް ތަރި މޫސާ މުންސިފް އަހްމަދާއި ޝޫޓިންގައި ރާއްޖެއަށް ބައިނަލްއަގްވާމީ ރިހި މެޑައްޔެއް ހޯދައިދިން ތަރި މަރިޔަމް އީޝަލް މިސްބާހު އަށް ލިބިއްޖެ އެވެ.
ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ފަރާތުން ދިދަ އުފުލާނެ ކުޅުންތެރިން އިއުލާނުކޮށް ދިދަ ހަވާލުކުރުމަށްޓަކައި ބުދަ ދުވަހު ހަވީރު މީރުމާގައި ވަނީ ޙާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި އެތުލީޓުން ރާއްޖޭގެ ދިދަ ތަމްސީލްކުރަނީ އެންމެންގެ ހައްގުގައި ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ. ގައުމު ތަމުސީލު ކުރުމަށް ގައުމުގެ ފަރާތުން އެތްލީޓުންތަކެއް ދާނީ ވަކި ގޮތަކަށް ބައްޓަންވެގެން ވަކި އުސޫލެއްގެ މަތިން ޕާރފޯމް ކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ޙަފްލާގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝީގާމީ ރުމީކޯގެ އިތުރުން ޖަޕާން އެމްބަސީގެ އިސް އޮފިޝަލުންނާއި ކުޅިވަރު ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް އަދި އެސޯސިއޭޝަންތަކުގެ ވެރިންނާއި އެތުލީޓުން ބައިވެރިވެވަޑައިގަތެވެ.
މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ ޖުމްލަ ހަތް ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން އަދި ޝޫޓިންގެ އިތުރުން ސާފިންގެވެ.
.jpg?w=3840&q=75)




.jpg?w=3840&q=75)
.jpeg?w=3840&q=75)
.jpg?w=3840&q=75)
