
"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް" ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް" ޕްރޮގްރާމްގެ 3 ވަނަ ބުރުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މި ފުރުސަތު ހުޅުވާލާފައިވާއިރު، މިއީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުގުވެރިވާ މީހުންނަށް ހާއްސަކޮށްގެން، އެމީހުން ބިނާކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދަނީ މަސްވެރިކަމުގެ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން، ވޯލްޑް ބޭންކްގެ އެހީގައި ތަންފީޒުކުރެވޭ ޓްރާންސްފޯމް ޕްރޮޖެކްޓާއި ގުޅިގެންނެވެ.
މި ޕްރޮގްރާމް މި އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމް ކުރިއަށްގެންދަނީ ކ.މަނިޔަފުށީގަ އެވެ. އަދި މި ޕްރޮގްރާމްގައި ފުރުސަތު ދެނީ ޖުމްލަ 15 ބައިވެރިންނަށެވެ.
• އެކްއަކަލްޗަރގެ ނިޒާމުތައް• ދިރޭ ކަނާ އާލާކުރުން• ފާނަ ވިއްސައި ކުދިފާނަ ބޮޑުކުރުން• ހުއިފިލަނޑާ ވިއްސައި ކުދި ހުއިފިލަނޑާ ބޮޑުކުރުން• ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުން• އިތާމުތް އާލާކުރުން• މޫދުވިނަ ހައްދައި އާލާކުރުމުގެ ތިއަރީ ކިޔަވައިދިނުން• އާލާކުރާ ދިރުމަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން• ދިރުން އާލާކުރުމުގައި ތިމާވެށި ރައްކާތެރިކުރުން
އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ފޯމާއި، އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އަދި އޮންލައިންކޮށް އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާނަމަ އަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
މަސްވެރިކަމާއިބެހޭ ވުޒާރާއިން ބުނީ 15 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާނަމަ އެންމެ ފުރަތަމަ ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ފުރުސަތު ދިނުމުގައި އިސްކަންދޭނެ ކަމަށެވެ.
މި ޕްރޮގްރާމްގެ ބައިވެރިން ކ. މަނިޔަފުށި ރިސާޗް އެންޑް ޓްރެއިންގް ފެސިލިޓީގައި ތިބުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމްގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް އެ އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދެއެވެ.
މެރިކަލްޗާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގެ މި އަހަރުގެ 2 ވަނަ ބުރުގެ ބައިވެރިންގެ ތަމްރީން މިދިޔަމަހު ވަނީ ފަށާފަ އެވެ. މީގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތައް ހިމެނެ އެވެ. އަދި އޭގެތެރެއިންވެސް މައިގަނޑު 4 ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ހިމަނާފައިވާއިރު، އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ.


.jpg?w=3840&q=75)


.jpg?w=3840&q=75)
.jpg?w=3840&q=75)
.jpg?w=3840&q=75)



