



.jpg?w=3840&q=75)
.jpeg?w=3840&q=75)
.jpg?w=3840&q=75)


ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި 97 މިލިއަން ޑޮލަރު އެބަހުރި ކަމުގައު ޓްރާންސްޕޯޓު އެންޑް ޓޫރިޒަމް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ ފައިސާ ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ކުރަމުން އަންނަކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ރިސޯޓުތަކުން ކުލި ނުދައްކާ ވާހަކަ ދައްކާއިރު، އެދާއިރާގެ ހުރިހާ ފަރާތްތަކަކީ ކުލި ނުދައްކާ ފަރާތްތައް ނޫން ކަމަށެވެ. އަދި ގިނަ ފަރާތްތަކަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ޓެކްސް އާއި ކުލި ދައުލަތަށް ދައްކާ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މަދު ބަޔަކާ ހުރެ، ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި ހުރުމަކީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ވިދާޅުވީ ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި މިހާރު ވެސް ހިންގަމުން އަންނަ ތަންތަނާއި އެކި ސަބަބުތަކާ ހުރެ މިނިސްޓްރީގެ ހުއްދަ ނެތި ބަންދުކޮށްފައިވާ ތަންތަން ވެސް ހިމެނޭ ކަމަށެވެ.
މީގެއިތުރުން ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި 2013 ވަނަ އަހަރުން ފެށިގެން އެއްވެސް ވަރަކަށް ކުލި ނުދައްކާ ކުންފުނިތައް ވެސް ހިމެނޭ ކަމަށާއި ދައުލަތަށް ނުލިބި ހުރި އެފައިސާ ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ފެށިއިރު، އެކަމުގައި ކުންފުނިތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް ވިދާޅުވިއެވެ.
ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ގިނަ ލުއިތަކެއް ދީ އަދި ކުލީގެ ޖޫރިމަނާ މާފުކޮށްދޭތީ ރިސޯޓްތަކުގެ ކުލި ނުދައްކަން ހިތްވަރު ލިބޭ ކަމަށް މިދިޔަ އަހަރު އޮޑިޓަ ޖެނެރަލް އޮފީހުން އާންމުކުރި ރިޕޯޓެއްގައި ވެސް ވަނީ ބުނެފައެވެ.




.jpg?w=3840&q=75)