
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް އިއުލާން ކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުން ވިދާޅުވީ، އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވަނީ ސ. ހިތަދޫ، ކަށިސުތުލިގެ، މުޙައްމަދު ޢިމާދު (46އ) އެވެ.
މުޙައްމަދު ޢިމާދު ތަހުގީގަށް ހާޒިރުކުރަނީ އެންޓި ސްކޭމް ސެންޓަރުން ބަލަމުންދާ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ވިދާޅުވި އެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އާ ދެމެދު، ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)
.jpg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)
.jpg?w=3840&q=75)


