
.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)




ކާމިޔާބު ފިލްމު 'ހޭ ބޭބީ 2' ގެ ޝޫޓިންގ އޮސްޓްރޭލިއާގައި ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން
2007 ވަނަ އަހަރު ނުކުތް ކާމިޔާބު ކޮމެޑީ ފިލްމު 'ހޭ ބޭބީ' ގެ ސީކުއެލް، 'ހޭ ބޭބީ 2' އުފައްދަން ނިންމައިފިއެެވެ.
ރިޕޯޓުތައް ބުނާގޮތުން، ފިލްމުގެ ދެވަނަ ބައިގެ މަންޒަރުތައް ވެސް ނެގުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ބައި ވެސް ޝޫޓްކުރި އޮސްޓްރޭލިއާގައެވެ.
ނަމަވެސް ފިލްމުގެ ވާހަކައާއި ކާސްޓުން އަދި މުޅިން ފައިނަލްނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ،
އަހަރުތަކަކަށްފަހު އަކްޝޭ އާއި ވިދްޔާ އެކުގައި ފެންނާނެ ކަމަށް މި ފިލްމުގެ ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.
ފުރަތަމަ ފިލްމެކޭ އެއްފަދައިން، މި ފަހަރުގެ ފިލްމަކީވެސް ބެލުންތެރިން ހެއްވާލާނެ މަޖާ ކަންތައްތަކަކާއި އާއިލީ ގުޅުންތަކުގެ އަސަރުގަދަ މަންޒަރުތައް ފެނިގެންދާނެ ފުރިހަމަ ފިލްމަކަށް ވާނެކަމަށް ބެލެވެއެވެ.
އޮސްޓްރޭލިއާގައި މި ފިލްމުގެ ޝޫޓިންގ ފެށުމަށް ޕްރޮޑަކްޝަން ޓީމުން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)