
.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)




މަޝްހޫރު ފިލްމު 'ދްރިޝްޔަމް' ގެ ފަހު ބައި 'ދްރިޝްޔަމް: ދަ ކޮންކްލޫޝަން' ގެ ޓްރެއިލަރ ސެޕްޓެމްބަރ 9 ގައި ނެރުމަށް ވަނީ ހަމަޖެހިފައި
ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ސަސްޕެންސް ތްރިލަރ ފްރެންޗައިޒް ކަމަށްވާ 'ދްރިޝްޔަމް' ގެ ފަހު ބައި، 'ދްރިޝްޔަމް: ދަ ކޮންކްލޫޝަން' ގެ ޓްރެއިލަރ ނެރޭނެ ތާރީޚު ރަސްމީކޮށް ހާމަކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުން، ބެލުންތެރިން އެންމެ އިންތިޒާރުކުރަމުންދާ މި ފިލްމުގެ ޓްރެއިލަރ އާންމުންނަށް ދޫކޮށްލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
މި ޚަބަރާއެކު ފިލްމީ ދާއިރާގެ އިތުރުން ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ޝައުޤުވެރިކަމެއް އުފެދިފައެވެ.
އަޖޭ ދޭވްގަން ވިޖޭ ސަލްގާއޯންކަރގެ ރޯލުން ފެނިގެންދާ މި ފްރެންޗައިޒްގެ ފުރަތަމަ ދެ ބަޔަކީވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ދެ ފިލްމެވެ. މި ފަހަރުގެ ބައިން ވިޖޭގެ އާއިލާގެ ދިފާޢުގައި އޭނާ ކުރާ މަސައްކަތުގެ އެންމެ ފަހު ނިންމުން ފެނިގެންދާނެއެވެ.
'ދްރިޝްޔަމް: ދަ ކޮންކްލޫޝަން' ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު 2 ވަނަ ދުވަހުއެވެ. މިއީ މި ފްރެންޗައިޒްގެ ވާހަކައާވެސް ވަރަށް ޚާއްޞަ ގުޅުމެއް އޮންނަ ތާރީޚެކެވެ.

.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)