
.jpeg?w=3840&q=75)





.jpeg?w=3840&q=75)

ތ. ގުރައިދޫ, މަޑިފުށި އަދި ދިޔަމިގިލިން ކުނި މެނޭޖުކުރުމުގެ ބިޔަ މަޝްރޫއެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިކަމާގުޅިގެން 'ގާފު' އަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް އަހްމަދު ވިދާޅުވީ މިހާތަނަށް އައިއިރު، ގުރައިދޫ އިން އެއްވެސް ވަރަކަށް ކުނި ބޭރުކޮށްފައި ނުވާ ކަމަށާއި މިކަމުގައި އެރަށުން އިސްނެގީ ވެސް އެ ސަބަބަށްޓަކާ ކަމަށެވެ.
އޭނާ ވިދާޅުވީ އެރަށުން ކޮންމެ ދުވަހަކު ވެސް ގާތްގަޑަކަށް 500 ކިލޯގެ ކުނި ބަދިގެ ވޭސްޓުގެ ގޮތުގައި ނެގޭ ކަމަށާއި މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި އެ އަދަދު އިތުރުވާ ކަމަށެވެ. އަދި ރަށުގައި ވޭސްޓް މެނޭޖުމެންޓް ސެންޓަރެއް ހުރިނަމަވެސް ރަށުން އެއްގޮތަކަށް ކުނި ބޭރު ނުކުރުމަކީ ދިމާވެފައިވާ ވަރަށްބޮޑު ގޮން ޖެހުމެއް ކަމަށެވެ.
މީގެއިތުރުން ރަށުގެ ވޭސްޓް މެނޭޖުމެންޓް ސެންޓަރުގައި ހުރި ދަޅު ފިއްތާ މެޝިނަކާއި ފުޅި މުގުރާ މެޝިނުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަމުންދިޔަނަމަވެސް ދަގަނޑުފަދަ އާލާތްތައް ނައްތާލެވޭނެ ފުރިހަމަ އިންތިޒާމެއް ނެތް ކަމުގައި ވިދާޅުވިއެވެ. އަދި މިހާރު ކުނި މެނޭޖުކުރަނީ އެއްތަން ފުރުމުން އަނެއްތަނަށް ރީލޮކެޓް ކޮށްގެން ކަމަށް ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ވިދާޅުވީ މަޑުފުއްޓާއި ދިޔަމިގިލި ހިމަނައިގެން ތިންރަށުން ކުނި ބޭރުކުރުމަށް ނިންމީ، އެއްރަށަށްވުރެ ތިން ރަށް ގުޅިގެން ކުރުމުން އެކަމަށް ކުރަންޖެހޭ ހޭދަ ކުޑަވާނެތީއެވެ. މިކަމުގައި ގުރައިދޫ ކައުންސިލު އިސްވެއޮވެ، މަޑިފުށި އަދި ދިޔަމިގިލި ކައުންސިލާ ވާހަކަދައްކަމުން އަންނަތާ ދެ ހަފުތާއެއްހާ ދުވަސް ވެދާނެ ކަމަށާއި މިކަމަށްޓަކައި މިހާރުވަނީ ތިންރަށް އެކުލެވޭ ޖޮއިންޓް ކޮމެޓީއެއް ވެސް އެކުލަވާލާފައި ކަމަށް ވިދާޅުވިއެވެ.

Screenshot 2026-09-06 at 15.31.32.png
އޭނާ ވިދާޅުވީ ފުރަތަމަ މަސައްކަތްކުރާނީ މިނިސްޓްރީ އަދި ވެމްކޯ އާ ވާހަކަދައްކައިގެން މިކަމަށް ހައްލެއް ހޯދުމަށް ކަމަށާއި އެފަރާތްތަކުން ލިބޭ އެއްބާރުލުމަށް ބަލައި، އަމިއްފަ ފަރާތަކާ ހަވާލުކޮށްގެން ވިޔަސް އެ ތިން ރަށުން ކުނި ބޭރުކުރުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެހެންނަމަވެސް މިކަމުގައި ބަޖެޓުގައި ހުރި ތާށިކަން އޭނާ ފާހަގަކުރެއްވިއެވެ.
ގުރައިދޫގެ ކުނި މެނޭޖުކުރުމުގެ ދުރު ރާސްތާ ޕްލޭނަށް އިޝާރާތްކުރައްވާ މައުރޫފް ވަނީ ވޭސްޓް މެނޭޖުމެންޓް ސެކްޝަނަށް ރަނގަޅު މެޝިނަރީޒް ބޭނުންވާ ކަމަށާއި ރަށުތެރެއިން ކުނި ނެގުމަށް ޕިކަޕެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

.jpeg?w=3840&q=75)






