
.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)



.jpeg?w=1920&q=75)
އަދުނާން ސާމީ
ބޮލީވުޑްގެ ރަން ޒަމާނުގައި އުފެދުނު މިއުޒިކް ލެޖެންޑުން ކަމަށްވާ ޝަންކަރް-ޖައިކިޝަން، އާރް.ޑީ ބަރމަން އަދި ބައްޕީ ލެހެރީ ފަދަ ޑައިރެކްޓަރުންނަކީ އެތައް މިލިއަން ބައެއްގެ އިޙްތިރާމް ހޯދާފައިވާ ބައެއް ނަމަވެސް، އެ ފަންނާނުންވެސް ބޭރުގެ އުފެއްދުންތަކުން ސީދާ ރާގު ނަކަލުކޮށް ލަވަ ހަދާފައިވާ ކަމަށް ބުނެ އަނެއްކާވެސް ބޮޑު ބަހުސެއް ފެށިއްޖެއެވެ.
ދާދިފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި، ކުޅަދާނަ ލަވަކިޔުންތެރިޔާ އަދި މިއުޒިޝަން އަދުނާން ސާމީ ވަނީ މިކަމާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.
އަދުނާން ފާހަގަކުރި ގޮތުގައި، އޭނާއަކީ އަބަދުވެސް ބޮލީވުޑްގެ ހުރިހާ މިއުޒިކް ލެޖެންޑުންގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އެހެން ނަމަވެސް އެ މީހުން އެހެން މީހުންގެ ލަވަތައް ކޮޕީކޮށްފައިވާ ހަގީގަތް ދޮގު ނުކުރެވޭނެ ކަމަށެވެ.
މިގޮތުން، ބޮލީވުޑްގެ ތާރީޚުގައި އުފެދުނު އެންމެ ކާމިޔާބު ފިލްމު 'ޝޯލޭ' ގައި ހިމެނޭ، މިއަދުވެސް މަގުބޫލު އާރް.ޑީ ބަރމަންގެ "މެހެބޫބާ މެހެބޫބާ" ލަވައަކީ ވެސް ބޭރުގެ ލަވައަކުން އިންސްޕަޔަރ ވެގެން ހަދާފައިވާ އުފެއްދުމެއްކަން އަދުނާން ވަނީ ފާހަގަކޮށްފައެވެ.
އޭނާ އިތުރަށް ބުނެފައިވަނީ، އެހެން ފަރާތްތަކުގެ ރާގުތައް ބޭނުންކުރާއިރު އޭގެ އަސްލު އުފެއްދުންތެރިޔާ ނުވަތަ "އޮރިޖިނަލް ކޮމްޕޯޒަރ" ގެ ނަން ހިމަނައި، އެ ފަރާތަކަށް ހައްގުވާ ކްރެޑިޓް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އޮރިޖިނަލް ކޮމްޕޯޒަރަށް ކްރެޑިޓް ދިނުމަކުން އެ މީހެއްގެ އަމިއްލަ ނަމަށާއި، ޝަރަފަށް އަދި ފަންނީ އަގަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ބޮލީވުޑް މިއުޒިކް އިންޑަސްޓްރީގައި މީގެ އެތައް އަހަރެއް ކުރިން ފެށިގެން އޮންނަ، ބޭރުގެ ލަވަތަކުން ރާގު ކޮޕީކުރުމާއި ކްރެޑިޓް ނުދިނުމުގެ މައްސަލައަކީ އަބަދުވެސް މިއުޒިކަށް ލޯބިކުރާ މީހުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ހިނގާ މައުޟޫއެކެވެ.

.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)