
-
ތ. ގުރައިދޫގައި މިސަރުކާރުން ގާއިމްކުރި ހައިޕަރބެރިކް ސެންޓަރު ރަސްމީކޮށް ހުޅުވައިފިއެވެ.
ގުރައިދޫގައި ގާއިމްކޮށްފައިވާ ހައިޕަރބެރިކް ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެން މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައި އެވެ. މިއަދުގެ ރަސްމިއްޔާތުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ ސަރުކާރުގެ ފަރާތުން ރާއްޖޭގައި ގާއިމްކުރި ފުރަތަމަ ހައިޕަރބެރިކް ސެންޓަރެވެ. މި ސެންޓަރު ހިންގުން ހަވާލުކޮށްފައިވަނީ ދިވެހި އަސްކަރިއްޔާގެ ހޮސްޕިޓަލް، ސެނެހިޔާއާއިއެވެ. މި ޗެމްބަރަކީ 100 މީޓަރު އަޑިން ޑީކޯވިނަމަވެސް ފަރުވާ ދެވޭ ފެންވަރުގެ ޗެމްބަރެކެވެ.
ރާއްޖޭގެ މަސްވެރިންނާއި ޑައިވަރުންގެ އޮތް ދުވަސްވީ ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެގޮތުން އިތުރު 6 ސަރަހައްދެއްގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމަވާނޭކަމަށް ރައީސް ރޭ ވަނީ ހާމަކުރައްވާފައި އެވެ.


.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)



.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)

