








އައިޖީއެމްއެޗް --ފޮޓޯ ސަން
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ މެޑިކަލް އިންޓާންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އައިޖީއެމްއެޗްއިން މެޑިކަލް އިންޓާންޝިޕްގެ 13ވަނަ ބެޗަށް މިއަދު ހުޅުވާލިއިރު، އިންޓަރންޝިޕްގެ މި ބުރުގައި 24 ފުރުޞަތު ދޭން ވަނީ ނިންމާފައެވެ.
މެޑިކަލް އިންޓަރންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ސެޕްޓެންބަރު މަހުގެ 24ވަނަ ދުވަހު، މެންދުރު 12:00ގެ ނިޔަލަށް ވަނީ ހުޅުވާލަފައެވެ.
އިންޓާންޝިޕަށް އެދި ހުށަހަޅާމީހުންގެ ޝަރުތުތައް
އައިޖީއެމްއެޗްގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު އިން ޑައުންލޯޑްކުރެވޭނެއެވެ. އަދި އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 ދަރުމަވަންތަ ހޮސްޕިޓަލްގެ އެންއެޗްއޭ އޮފީހުންވެސް ފޯމް ލިބެން ހުންނާނެ އެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި 09:00އިން 12:00އަށް، ދަރުމަވަންތަ ހޮސްޕިޓަލްގެ އެންއެޗްއޭ އޮފީހުންނެވެ.
މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ހޯދުމަށް ހަދަންޖެހޭ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ސަރުކާރުގެ ހޮސްޕިޓަލްތަކާއި ބައެއް އަމިއްލަ ހޮސްޕިޓަލުތަކުގައިވެސް ކުރިއަށް ގެންދެ އެވެ.




