



.jpg?w=3840&q=75)




އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ސަރުކާރާއި ރައްޔިތުންނާ ދެމެދު ފަސާދަ އުފެއްދުމަށް ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެންސީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މުހައްމަދު އިސްމާއީލް ވިދާޅުވީ 77،000 މެމްބަރުންނާ އެކު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ އެންމެ ކުރީގައި ޕީއެންސީ ސާބިތުކަމާ އެކު އޮތީ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަކީ ރައްޔިތުންނާ އެކު މަސައްކަތްކުރައްވާ ބޭފުޅުންނަށްވުން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކަރާ ރައްޔިތުންނޭ ދެމެދު ފަސާދައުފެއްދުމަށް ކިތަންމެ މަސައްކަތެއް ކުރިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު ގައުމުގެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުރީގެ ސަރުކާރުތަކަށް ހައްލު ނުހޯއްދެވުނު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހިސާބުތަކުން ފެންނަ ފަދަ ހައްލެއް މި ސަރުކާރުން ހޯއްދަވަމުންދާކަން އެމްޕީ މުހައްމަދު އިސްމާއީލް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް ޕާޓީން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުއިކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.




.jpg?w=3840&q=75)

.jpg?w=3840&q=75)
