



.jpg?w=3840&q=75)




ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު މަޤާމުން ރިޓަޔަރ ކުރައްވައިފިއެވެ.
އޭނާ ޝަރަފްވެރިކަމާއެކު ރިޓެއަރ ކުރެއްވިކަން ހައިކޯޓުން މިއަދު ވަނީ އިއުލާންކޮށްފައެވެ.
މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އޭގެކުރިން އޭނާ ހުންނެވީ ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަޤާމުގައެވެ. އޭނާ ޝަރުއީ ދާއިރާގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ފެމިލީ ކޯޓުގައެވެ. އެގޮތުން 15 އަހަރަށްވުރެ ގިނަ ދުވަހު އެ ކޯޓުގައި ޚިދުމަތް ކުރެއްވިއެވެ.
ފަނޑިޔާރު އިބްރާހިމް މާހިރު ރިޓަޔަރ ކުރެއްވުމަށް ނިންމަވައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. ފަނޑިޔާރު އިބްރާހީމް މާހިރު ހައި ކޯޓުގެ ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަ ކުރެއްވުމާ ގުޅިގެން އެ ކޯޓުން ވަނީ އޭނާ ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.




.jpg?w=3840&q=75)