







ޒުވާން ތަރިން ކަމަށްވާ ވެދިކާ ޕިންޓޯ އަދި ލަކްޝްޔާ. ޑައިރެކްޓަރ ޕްރޯސިތް ރޯއިގެ ކުރިއަށް އޮތް ތަފާތު ފިލްމުން މި ދެ ތަރިން ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާނެ.
ޑައިރެކްޓަރ ޕްރޯސިތް ރޯއިގެ ކުރިއަށް އޮތް ފިލްމުގައި ޒުވާން އެކްޓަރ ލަކްޝްޔާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ވެދިކާ ޕިންޓޯކަން މިހާރު ވަނީ ހާމަވެފައެވެ.
މިއީ 'މުސާފިރް ކެފޭ' އަށްފަހު ވެދިކާ ޕިންޓޯ ފެނިގެންދާނެ އައު ޕްރޮޖެކްޓެކެވެ.
މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެގޮތުން ފިލްމުގައި ލޯބީގެ ބައިތަކުގެ އިތުރުން ނަފްސާނީ ގޮތުން ސިހުންގެނުވާފަދަ ކަންތައްތަކެއް ނުވަތަ 'ސައިކޮލޮޖިކަލް ޓްވިސްޓް' ތަކެއް ހިމެނޭނެކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.
ލަކްޝްޔާ އާއި ވެދިކާ ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެނިގެންދާ މި ފިލްމަކީ ބެލުންތެރިންނަށް މުޅިން އައު އަދި ތަފާތު ތަޖުރިބާއަކަށް ވާނެކަމަށް ބެލެވެއެވެ.
ރޮމޭންސް އާއި ސައިކޮލޮޖިކަލް ތްރިލަރ އެއްކޮށްލައިގެން އުފައްދާ މި ފިލްމުގެ ޝޫޓިންގް ފެށޭނެ ތާރީޚަކަށް ސަޕޯޓަރުން މިހާރު އަންނަނީ އިންތިޒާރުކުރަމުންނެވެ.







