.jpg?w=1920&q=75)
އިމާރާތްތަކުގެ ސަލަމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފަށާފައިވާކަމަށް އެޗްޑީސީ އިން ބުނެފިއެވެ.
އެޗްޑީސީ އިން ބުނީ މިއީ އެ ކުންފުނީގެ ބެލުމުގެދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމުގެގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ އިމާރާތްތަކުގައި ކުޑަދޮރުތަކައި ބެލްކަނި ރެއިލިންފަދަ ތަންތަން ހުރީ ޤަވާއިދާ އެއްގޮތަށްތޯ ބަލައި، އެފަދަ ތަންތަން ގަވާއިދަށް ފެއްތުމަށް ނުވަތަ މަރާމަތުކުރުމަށް އާއްމު ރައްޔިތުންނަށް ބޭނުންވާ އެހިތެރިކަން އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން އެފަދަ އެއްމެދު އިމާރާތްތަކުގައި ހިމެނޭ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނި، ރެއިލިންގ ފަދަ ތަންތަން މަރާމާތުކުރުމަށް އެހިތެރިކަން ބޭނުންވާ ފަރާތްތަކުން މިމަހުގެ ނިޔަލަށް އެޗްޑީސީއަށް އެކަށް ހުށައެޅުމަށް އަންގާފައިވާއިރު، ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު، 12:00ގެ ކުރިން އެންގުމަށް ވަނީ އެދިފައެވެ.
މިކަމަށް އެދޭ ގޫގުލް ފޯމުގެ ލިންކް އެޗްޑީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ލިބޭނެއެވެ.
މަރާމާތުކުރުމަށް އެދި އެޗްޑީސީއަށް ލިބޭ ހުށައެޅުންތަކާ ގުޅިގެން، ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އާއިލާތަކުގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅެއްގެ ގޮތުން ދިނުމަށް ނިންމާފައިވާ އެހީއެކެވެ. އަދި މިފަދަ ތަންތަނުގައި ހުންނަ މައްސަލަތުގެ ސަބަބުން ދިމާވާ ނުރައްކާތެރި ޙާދިސާތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެކެވެ.
.jpg?w=3840&q=75)

.jpg?w=3840&q=75)



.jpg?w=3840&q=75)

.jpg?w=3840&q=75)


.jpg?w=3840&q=75)

.jpg?w=3840&q=75)
.jpeg?w=3840&q=75)

