








ހުޅުމާލެ ފޭސް2 ގައި ނިވާކަންކުޑަ ހެދުން އަޅައިގެން މަސްތުގެ ހާލަތުގައި ތިބި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ.
ފުލުހުންގެ އިދާރާ އިން މައުލޫމާތު ދީފައިވާ ގޮތުގައި ހުޅުމާލެ ފޭސް 2، އެމްޕީއެލް ޓަވަރެއްގައި ނިވާކަން ކުޑަ ހެދުމެއްގައި މަސްތުގެ ހާލަތުގައި ތިބެ، އަޑުގަދަކޮށް ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް، 2026 ނޮވެންބަރު 9 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ދެ ފިރިހެނުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




