
.jpg?w=3840&q=75)
.jpg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)
.jpg?w=3840&q=75)
.jpg?w=1920&q=75)
ފުލުހުން ހުޅުމާލޭގައި
ހުޅުމާލެ ހިތިގަސް މަގުން ދަތުރުކުރި ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހެނދުނު 8:03 އެހާކަންހާއިރުއެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން މީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. ނަމަވެސް، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ސައިކަލުން ޖެހުނު މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.