
.jpg?w=3840&q=75)
.jpg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)
.jpg?w=3840&q=75)
.jpg?w=3840&q=75)
ކޮއްކޮއަށް އަނިޔާކުރި ދިވެހި ފިރިހެނަކު 7,200 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެކަމަކު އެ ހުކުމް ވަނީ 7,200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް، ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.
ދައުލަތުން އޭނާގެ މައްޗަށް އުފުލީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއަށް ފިރިހެން މީހާ ޝަރިއަތުގައި ވަނީ އިއުތިރާފުވެފައެވެ. އެހެންވެ، މައްސަލަ ކުރިއަށްގެންދިޔައީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި މި މައްސަލައިގައި، ފިރިހެން މީހާ ވަނީ ކޮއްކޮގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލައި، އިސްތަށިގަނޑުގައި ހިފައިގެންވެސް އަނިޔާކޮށްފައި ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ގާނޫނުލްއުގޫބާތުގައި ބުނާ ގޮތުން، މީހެއްގެ ހަށިގަނޑަށް ތަދެއްވުން، ބައްޔެއް ޖެއްސުން ނުވަތަ ޖިސްމާނީ އުނިކަމެއް ގެނުވުމަކީ އަނިޔާ ދިނުމުގެ ކުށެވެ.